ބޭރުގައި އުޅޭ ވަގުތު ތަކުގައި ގޭތެރެ ބަލަހައްޓަދޭނެ ރޮބޮޓެއް އެމެޒޯންއިން ނެރެނީ

ބޭރުަގައި އުޅޭވަގުތު ތަކުގައި ގޭތެރޭގެ ހާލަތު ދެނެގަތުމުގައި އެހީތެރިވާނެ ރޮބޮޓެއް އެމެޒޯން އިން ނެރެން ތައްޔާރު ވެއްޖެއެވެ. މި ރޮބޮޓަށް ދެވިފައިވާ ނަމަކީ އެސްޓްރޯ އެވެ.  ގޭގައި އަދި ގެއިން ބޭޭޭގައި އ...

30 Sep 2021 | 04:09

ބޭރުަގައި އުޅޭވަގުތު ތަކުގައި ގޭތެރޭގެ ހާލަތު ދެނެގަތުމުގައި އެހީތެރިވާނެ ރޮބޮޓެއް އެމެޒޯން އިން ނެރެން ތައްޔާރު ވެއްޖެއެވެ.

މި ރޮބޮޓަށް ދެވިފައިވާ ނަމަކީ އެސްޓްރޯ އެވެ.  ގޭގައި އަދި ގެއިން ބޭޭޭގައި އުޅޭ ވަގުތުތަކުގައިވެސް އެޕްލިކޭޝަންއެއްގެ އެހީގައި މި ރޮބޮޓު ކޮންޓްރޯލް ކުރެވޭނެއެވެ.

އެމެޒޯންގެ މި އުފެއްދުމަކީ ބުރަކޮށް ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ވަރަށް ބޭނުންތެރި އުފެއްދުމެއް ކަމުގައި ވެގެން ދާނެއެވެ. ބޭރުގައި އުޅޭ ވަގުތު ގޭގައި އުޅޭ އެހެން މީހުންގެ ހާލު މޮނިޓަރ ކުރުމަށް އެހީތެރިވެދޭނެއެވެ. މި ރޮބޮޓުގައި ވީޑީޔޯ ކޯލުކުރެވޭނޭ ފީޗާ އަދި ވީޑީޔޯ ބެލޭނޭ ފީޗާ އެެއްވެސް ހުރެއެވެ.

ގޭތެރޭގައި އެލާޓް ވާންޖެހިދާނެ ފަދަ ޙާލަތެއް ކުރިމަތިވާން އުޅޭނަމަ މި ރޮބަޓު މެދުވެރިކޮށް ނޮޓިފިކޭޝަން ފޯރުކޮަށްދެވޭނެއެވެ. އޭގެ ތެރޭގައި ގޭސްލީކުވުން އަދި ނޭނގި ގެއަށް މީހަކު ވަނަސް މި ރޮބޮޓުން ނޮޓިފިކޭޝަން ފޯރުކޮަށް ދެވޭނެއެވެ.

އިތުރަށް މި އުފެއްދުމާއި ގުޅޭގޮތުން އެމެޒޯން އިން ބުނި ގޮތުގައި މިއީ ގޭތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޭނުންތެރި ރޮބޮޓެއް ކަމަށެވެ. މި އަހަރުގެ ފަހު ކޮޅު މާކެޓަށް މި އުފެއްދުން ނެރެން ހަމަ ޖެހިފައިވާ އިރު އެންމެ ފުރަތަމަ ނެރެނީ އެމެރިކާގެ މާކެޓަށެވެ.

ފުރަތަމަ ވިއްކަން ހަމަ ޖެހިފައިވާ އަގަކީ 999.99 ޑޮލަރަށެވެ. އޭގެ ފަހުން ވިއްކާނީ 1،449.99 ޑޮލަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް