ކޯވިޑް ވެކްސިނާއި ދެކޮޅު ހުރިހާ ވީޑިއޯއެއް ޔޫޓިއުބުން ނަގަނީ

ކޯވިޑް-19 ވެކްސިން އާއި ދެކޮޅަށް ތައްުޔާރުކޮށްފައިވާ ވީޑިއޯތަކާއި އެފަދަ މައުލޫމާތުތައް އެކުލެވޭ ހުރިހާ ވީޑިއޯއެއް ނަގަން ޔޫޓިއުބުން ނިންމައިފި އެވެ. ގޫގުލް ކުންފުނީގެ ޔޫޓިއުބުން ނެރުނު ބަޔާނެއްގައި ބ...

30 Sep 2021 | 03:53

ކޯވިޑް-19 ވެކްސިން އާއި ދެކޮޅަށް ތައްުޔާރުކޮށްފައިވާ ވީޑިއޯތަކާއި އެފަދަ މައުލޫމާތުތައް އެކުލެވޭ ހުރިހާ ވީޑިއޯއެއް ނަގަން ޔޫޓިއުބުން ނިންމައިފި އެވެ.

ގޫގުލް ކުންފުނީގެ ޔޫޓިއުބުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުވެސް ކޮންމެސް ވަރަކަށް އެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކޯވިޑް ވެކްސިން އުފައްދާ ވާހަކަ އާއި ހިސާބުން އަޕްލޯޑުކޮށްފައިވާ ވެކްސިނާއި ދެކޮޅު 130،000 އަށްވުރެ ގިނަ ވީޑިއޯ މިދިޔަ އަހަރު އެކަނިވެސް ނަގާފައިވާނެ ކަމަށެވެ.

މިފަހަރު ރަސްމީކޮށް އެކަން ކުރާއިރު ކޯވިޑް ވެކްސިންގެ އިތުރުން އެއްވެސް ވެކްސިނަކުން ގެއްލުން ލިބޭ ކަމަށް ފާހަގަކޮށްފައިވާ ވީޑިއޯއެއް ހުރި ނަމަ އެ ޔޫޓިއުބުން ނަގާނެ ކަމަށެވެ. އޭގެ ތެރޭގައި ކޯވިޑް ވެކްސިނާއި އެ ނޫން ވެކްސިން ޖެހުމުން ނުކުޅެދޭ މީހުންނަށް ވާހަކައާއި، ދަރިމައިނުވާ ވާހަކައިގެ އިތުރުން ކެންސަރާއި ނުރައްކާތެރި އެތައް ބައްޔަކަށް މަގުފަހިވާ ކަމަށް ބުނެ މައުލޫމާތު ފަތުރާފައި ހުންނަ ހުރިހާ ވީޑިއޯއެއް ހިމެނޭނެ އެވެ.

ޔޫޓިއުބުން ބުނީ ޑަބްލިއުއެޗްއޯއާއި ގުޅިގެން ވެކްސިންތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް އެއްކުރަމުންދާ ކަމަށެވެ. އޭރުން ސައްހަ ނޫން މައުލޫމާތު ހިމެނޭ ވީޑިއޯތައް ދެނެގަތުމަށް ފަސޭހަވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އެ ގައުމުގައި ވެކްސިނާއި ދެކޮޅަށް ހިންގާ ކެމްޕެއިންތަކާއި ބައެއް ސަރަހައްދުތަކުން ބޭނުންވާވަރަށް ވެކްސިން ޖެހުމަށް ތަރުހީބު ނުލިބުމުގެ ޒިންމާ ސޯޝަލް މިޑިއާ ނެޓްވޯކްތަކުން ނަގަން ޖެހޭނެ ކަމަށެވެ.

ބައިޑެން އެހެން ވިދާޅުވެފައި ވަނިކޮށް މިއަހަރުގެ މާޗް މަހު ފޭސްބުކުން ވަނީ ވެކްސިނާއި ދެކޮޅު ޕޯސްޓުތަައް ޑިލީޑްކޮށްފަ އެވެ. އަދި އެފަދަ ޕޯސްޓުތައް ނުޖެހޭގޮތް ހެދި އިރު އޭޕްރިލް މަހު ޓުވިޓާއިން އެ އުސޫލަށް އަމަލު ކުރަން ފަށައި ވެކްސިންނާއި ދެކޮޅު މައުލޫމާތުތައް ހިމެނޭ ޕޯސްޓުތައް ޑިލީޓް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް