ޗެމްޕިއަންސް ލީގު: ޔުވެންޓަސްއިން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލި ކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ބުދަ ދުވަހުގެރޭ ޔުވެންޓަސް ދަނޑުގައި ޗެ...

30 Sep 2021 | 03:33

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ޔުވެންޓަސް ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ޔުވެންޓަސްއިންނެވެ. އެގޮތުން ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސް ކުރިއިރިއެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުވެންޓަސްއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން 10 ސިކުންތުގެ ތެރޭގައެވެ. މެޗުގެ 46 ވަނަ މިނެޓުގައި ފެޑެރީކޯ ބެނާޑޭޝީގެ އެހީތެރިކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ކިއޭސާއެވެ. މިއީ ޖެހިޖެހިގެން ޔުވެންޓަސް މޮޅުވި ދެވަނަ މެޗެވެ. ގުރޫޕް ސްޓޭޖުގައި މަލްމޯއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވެސް ޔުވެންޓަސްވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މި ގުރޫޕުގެ އިތުރު މެޗެއްވެސް ރޭގެ ކުޅެފައިވާއިރު އެ މެޗުގައި ބައްދަލުކުރީ ކުލަބް ޒެނިތްއާއި މަލްމޯއެވެ. މި މެޗު0-4 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޒެނިތްއެވެ.

ރޭގެ މި ނަތީޖާތަކާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗެލްސީ އާއި ތިންވަނައިގައި އޮތް ޒެނިތަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މަލްމޯއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް