އެމެރިކާގެ ކުރިގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ރުޅިގަދަވެ ރުޅިގަނޑު ފަޅައިގެންދާ ކޮންމެ ވަގުތަކު އެ ރުޅި މައިތިރިވަނީ ކެޓްސްގެ "މެމޮރީ" ލަވަ ޖަހައިގެންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެމެރިކާގެ ކުރީގެ ޕްރެސް ސެކްރެޓަރީ ސްޓެފަނީ ގްރެޝަމްގެ އައު ފޮތް، "އައިލް ޓޭކް ޔުއަރ ކުއެސްޗަންސް ނައު" އިންނެވެ.
އެ ފޮތުގައި ބުނެފައިވާގޮތުގައި ޓްރަމްޕް ރުޅި އަންނަ ކޮންމެ ވަގުތަކު މި ލަވަ އަޑުއަހައެވެ. އަދި އެ ފަދަ ހާލަތްތަކަށް ހާއްސަކޮށް މި ލަވަ ޖެހުމަށް "މިއުޒިކް މޭން" އެއް ހުންނަ ކަމަށްވެސް އެ ފޮތުގައި ވެއެވެ.
ޓްރަމްޕްގެ ރުޅިގަދަކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް ރުޅި މައިތިރިކުރަން ލަވައެއް ޖަހާ ވާހަކަ މިވަނީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އާ ވާހަކައަކަށް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް