ރާއްޖެއިން ދެ ކިލޯ ރަން ހިފައިގެން އިންޑިއާގެ ބެންގަލޫރަށް ދަތުރުކުރި އިންޑިއާގެ ރައްޔިތަކު އަތުލައިގެންފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި މައްސަލައިގާ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ކެރެލާގެ މައްލަޕޫރަމަށް ނިސްބަތްވާ އިންޑިއާ ރައްޔިތެކެވެ. އޭނާ ރާއްޖެއިން އިންޑިއާއަށް ދެ ކިލޯ ރަން ސްމަގްލް ކުރަން އުޅެނީ ރަން (ޕޭސްޓް ފޯމަށް) ބަދަލުކޮށް، އޭނާ ލައިގެން ހުރި އަންނައުނުގެ ބައެއްގެ ގޮތުގައެވެ. ޕޭސްޓް ފޯމަކީ ރަން އެއްތަނުން އަނެއް ތަނަށް ސްމަގްލް ކުރުމުގައި އާންމުގޮތެއްގައި ބޭނުންކުރާ އެއް ގޮތެވެ.
އޭނާގެ އަތުން އަތުލައިގަތް ރަނުގެ ބަރުދަނުގައި 2.098 ކިލޯ ހުރި ކަމަށާއި އޭގެ އަގު އިންޑިއާ ރުޕީސް އިން ބަލާނަމަ 99،31،916 އަށް އަރާނެކަމަށް ބުނެފައިވެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ.
އިތުރަށް ބުނެފައިވާގޮތުގައި، މިހާރު ހައްޔަރުކޮށްފައިވާ އެމީހާއަކީ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން މި މަހުގެ 22ގައި ރާއްޖެ އައި މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް