ކަފާލާތުގެ ދަށުން ސިޔާސީ ފަރާތްތައް މިނިވަން ކުރާތީ ވެރިކަން ކުރާ ޕީޕީއެމްއިން ހިތްހަމަ ނުޖެހިއްޖެ އެވެ.
ކަފާލާތުގެ ދަށުން ހައި ކޯޓުން މިއަދު މިނިވަން ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
މިރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ލާރިހުރި، ބާރުހުރި ބޭފުޅުން ބޮޑެތި އަދަދުތަކުން ކަފާލާތު ދެއްކުމަށްފަހު މިނިވަންވާއިރު ނިކަމެތި ކުދިންގެ އާއިލާތަކުންނާއި އަނބިދަރިންވެސް އެދެނީ އާއިލާގެ ކައިރީގައި ވަގުތު ހޭދަކޮށްލުމަށް ކަމަށެވެ. އަދި އެމްޑީޕީގައި އޮންނަ ލޯތްބާއި އިންސާފުގެ ދަށުން އެކުދިންނަށް ވެސް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ދައްކައިދީ ދޫކޮށްލައި ދިނުމަށް އެދޭ ކަމަށެވެ.
ސިޔާސީ ބޭފުޅުންތަކެއް މިނިވަންކޮށްގެން ޕީޕީއެމްއިން މިރޭ ކަންބޮޑުވުން ފާޅުކުރި އިރު ނިހާން ވަނީ ކަފާލާތުގެ ދަށުން ދޫނުކުރެވޭ ކުށްތައް ބަޔާންކޮށްދިނުމަށް ގާނޫނީ މާއްދާއެއް ޓްވީޓް ވެސް ކުރައްވާފަ އެވެ. ނަމަވެސް މިރޭ ދޫކޮށްލި އެއްވެސް ބޭފުޅަކު ދޫކޮށްލީ އެފަދަ މައްސަލައެއްގައި އިއްވާފައިވާ ހުކުމަކާ ގުޅިގެނެއް ނޫނެވެ.
https://twitter.com/ahmed_nihan/status/1046455398377512960
ހައިކޯޓުން މިއަދު ކަފާލާތުގެ ދަށުން މި ތިން ބޭފުޅުން ދޫކޮށްލި އިރު މި ސަރުކާރުންވެސް ވަނީ އިންތިހާބާއި ދިމާކޮށް 100 އަށްވުރެ ގިނަ ކުށްވެރިން މިނިވަން ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް