ރައީސް މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން ހައިކޯޓުން  މިނިވަން ކޮށްފި އެވެ. ރައީސް މައުމޫން މާފުށީ ޖަލުގައި އަހަރައި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވީ ތަހުގީގަށ...

30 Sep 2018 | 13:45

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން ހައިކޯޓުން  މިނިވަން ކޮށްފި އެވެ.

ރައީސް މައުމޫން މާފުށީ ޖަލުގައި އަހަރައި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވީ ތަހުގީގަށް ފުލުހުންނަށް ފޯނު ނުދިން ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލުމުންނެވެ. މައުމޫންގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖުލައި މަހު އެވެ.

ރައީސް މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކުރީ ހައިކޯޓުގައި 60،000 ރުފިޔާގެ ޑިޕޮސިޓެއް ބެހެއްޓުމުންނެވެ.

ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު މައުމޫން ހައްޔަރު ކުރީ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި އެވެ. އެ މައްސަލައިގަ އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.

މައުމޫން މިނިވަންވެފައި މިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލު ކޮށްދޭން އާއިލާއިން އެދެމުންދާތާ އެތައް ދުވަހެއް ފަހުންނެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ފަރުވާ ހޯއްދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް