ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަން ކޮށްފި އެވެ.
ގާސިމް ދޫކޮށްލާފައިވަނީ 70،000 ރުފިޔާގެ ޑިޕޮސިޓެއް ހައި ކޯޓުގައި ބެހެއްޓުމުންނެވެ. ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ.
ފާލާތުގެ ދަށުން އޭނާ ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރީ ގާސިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅުމުންނެވެ.
ގާސިމް މިނިވަން ކުރި އިރު އޭނާ ދިރިއުޅުއްވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގެން ޖަރުމަނުވިލާތުގައި އެވެ.
ގާސިމްގެ އިތުރުން ފާރިސް މައުމޫން ކަފާލާތުގެ ދަށުން ހައި ކޯޓުން ވަނީ މިނިވަން ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް