އުތީމުގައި ކޮނެފައި ހުރި ވަޅަކަށް ވެއްޓި ބިދޭސީ އަކު މަރުވެއްޖެ

ހއ. އުތީމުގައި ކޮނެފައިވާ ވަޅެއްގެ ގުންޑޮޅި ކަނޑައިގެން ގޮސް ވެއްޓި ބިދޭސީ އަކު މަރުވެއްޖެ އެވެ. އޭނާ އެ ވަޅުގަނޑަށް ވެއްޓުނީ އެރަށުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ފުލު...

30 Sep 2018 | 08:53

ހއ. އުތީމުގައި ކޮނެފައިވާ ވަޅެއްގެ ގުންޑޮޅި ކަނޑައިގެން ގޮސް ވެއްޓި ބިދޭސީ އަކު މަރުވެއްޖެ އެވެ.

އޭނާ އެ ވަޅުގަނޑަށް ވެއްޓުނީ އެރަށުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާގެ ރިޕޯތު ކުރީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

ސަދުން ނަމަކަށް ކިޔާ އެމީހާ އެ ހާދިސާއަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ ފަރުވާ ދިނުމަށް އުތީމު ސިއްހީ މަރުކަޒަށެވެ.  އޭނާ މަރުވީ އިތުރު ފަރުވާއަށް ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ދަނީ އެކަން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް