ރައީސް ޔާމީންގެ ގަޓު ހުރި ނަމަ މައާފަށް އެދެން ޖެހޭ: ޑރ. އިޔާޒު

ރައިސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނަވަން ޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ މުހ...

30 Sep 2018 | 08:44

ރައިސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނަވަން ޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ގިނަ ރައްޔިތުންނަށް އަނިޔާ އާއި ގެއްލުންތައްލިބިފައިވާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ ކިބައިން އެކަން ކަމަށް މައާފަށް އެދިވަޑައިގެންނެވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައި އެވެ.

އަދި ވިދާޅުވީ ރައީސް ޔާމީން އަކީ ގަޓު ހުރި ބޭފުޅެއް ނަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން ދެއްކެވުމަށް ގޮވާލައްވާ ކަމަށެވެ.

https://twitter.com/dr_iyaz/status/1045975828637540352

މި ސަރުކާރުން ވަނީ ހިޔާލު ތަފާތުވި ބައެއް ދީނީ އިލްމުވެރިންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފަހައްޓާފައި އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ހުކުމެއް އިއްވުމަކާއި ނުލާ ޖަލުގައި ބަންދު ކޮށްފައި ތިއްބެވި ސިޔާސީ  އިދިކޮޅު ފަރާތްތައް ވަނީ މިނިވަން ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް