ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފަށް އަލުން ވަޒީފާ ދޭން ނިންމައިފި އެވެ.
އޭނާ ވަޒީފާއިން ވަކިކުރީ ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރަން ނުޖެހޭ މީހަކާ ހިއްސާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށް ފަހު އެވެ. އެވެ. މަންނާން ވަޒީފާއިން ވަކި ކުރީ މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
އެ މައްސަލަ ބަލަން ފެށީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ވަޒީފާއިން ވަކި ކުރުމާއި ހަމައަށް އޭނާ ހުރީ ސަސްޕެންޑު ކޮށްފައި އެވެ.
އަލުން ވަޒިފާ ދިނުމަށް ނިންމީ މަންނާނުގެ ފަރާތުން އެ މައްސަލަ ފުލުހުންގެ އިސްތިއުނާފު ބޯޑު ކަމަށްވާ އެޕީލް ބޯޑަށް ހުށަހެޅުމުންނެވެ. އެ ބޯޑުން ނިންމީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން މުރާޖާ ކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެނާ އަލުން ވަޒީފާއަށް ނުކުންނަށް ފެށީ ރިޔާސީ އިންތިހާބަށް ފަހު މިދިޔަ ހޯމަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް