ކަންގަނާ ރަނާވަތުގެ އިސްތަށިގަނޑު ރިތީ ކޮށްދޭ މީހާ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރު ކުރީ ކުޑަ ފިރިހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެވެ. ކަންގަނާގެ އިސްތަށިގަނޑު ރިތީ ކޮށްދޭ މީހާ އަކީ އިންޑިއާ މީހެއް ނޫނެވެ. އުމުރުން 42 އަހަރުގެ ބްރެންޑަން ނަމަކަށް ކިޔާ އެމިހާ އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ އޭނާ ރޭޕް ކުރި ކަމަށް ބުނާ 16 އަހަރުގެ ފިރިހެއް ކުއްޖާގެ މަންމަ އެވެ.
އެ ފިރިހެން ކުއްޖާ އާއި ބްރިންޑަން ދިމާވެފައިވަނީ ޑޭޓިން ސައިޓަކުންނެވެ. އެ ކުއްޖާ އެ ސައިޓަށް ވަދެގެން އުޅެނީ އުމުރު އޮޅުވާލައިގެން 18 އަހަރުގެ މީހަކަށް ހެދިގެންނެވެ. އަދި ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެހެން ފިރިހެނުންނާއި ގުޅުން ހިންގަން ވާހަކަ ދައްކާ ހަދަނީ އިސްވެ އެ ކުއްޖާ އެވެ.
މި މައްސަލައިގަ ބްރެންޑަން ކުޑަ ދުވަސްކޮޅެއްގައި ފުލުހުންގެ ބަންދުގައި ހުންނަން ޖެހޭނެ ކަމަށްވެ އެވެ.
ބްރެންޑަންގެ ކެރިއަރު ފަށާފައިވަނީ ސައުތް އެފްރިކާއިންނެވެ. މިހާރު އިންޑިއާގެ ބޮލީވުޑްގައި މަސައްކަތް ކުރާތާ 10 އަހަރު ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް