އައިފޯން 6އެސް އަދި 6އެސް ޕްލަސްގެ ޕްރީ އޯޑަރު ނެގުމަށް ފޯކަސް ކޮމްޕިއުޓާސް އިން ހާއްސަ އިވެންޓެއް

އެޕަލް އައިފޯން 6އެސް އަދި 6 އެސް ޕްލަސްގެ ޕްރީ އޯޑަރު ނަގަން ފެށުމަށް ވަރަށް ހާއްސަ އިވެންޓެއް އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަށް ފޯކަސް ކޮމްޕިއުޓާސް އިން ބުނެފި އެވެ. އެޕަލްގެ ރީސެލާ އަދި އޮތަރައި...

30 Sep 2015 | 15:42

އެޕަލް އައިފޯން 6އެސް އަދި 6 އެސް ޕްލަސްގެ ޕްރީ އޯޑަރު ނަގަން ފެށުމަށް ވަރަށް ހާއްސަ އިވެންޓެއް އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަށް ފޯކަސް ކޮމްޕިއުޓާސް އިން ބުނެފި އެވެ.

އެޕަލްގެ ރީސެލާ އަދި އޮތަރައިޒްޑް ސާވިސް ޕްރޮވައިޑާ ކަމުގައިވާ ފޯކަސް ކޮމްޕިއުޓާސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްރީ އޯޑަރު ނަގަން ފަށާނީ އަންނަ ހުކުރު ދުވަހު މެންދުރުފަހު 2:00 ގައި ކަމަށެވެ. އެ އިވެންޓް އޮންނާނީ އެ ކުންފުނީގެ ފަރީދީމަގައި ހުންނަ ޝޯރޫމުގައި ކަމަށެވެ.

"މި އިވެންޓް ހިނގަމުންދާވަގުތު އެޕަލް ބްރޭންޑްގެ ތަފާތު އައިޓަމްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ، އަދި އަންނަމަހުގެ އަށްވަނަ ދުވަހުން ފެށިގެން އައިފޯން 6 އެސް އަދި 6 އެސް ޕްލަސް ގަންނަން ލިބޭނެ" ފޯކަސް ކޮމްޕިއުޓާސް އިން ބުނެ އެވެ.

ހުކުރު ދުވަހުގެ އެ އިވެންޓްގައި ފޯކަސް ކޮމްޕިއުޓާސް އިން ހިންގަމުންދާ އެޕަލް އޮތޮރައިޒްޑް ސާވިސް ސެންޓަރުން ދޭ ވޮރަންޓީ ސާވިސް އަދި އެހެނިހެން ސާވިސްތަކާއި މައުލޫމާތު ލިބިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

ފޯކަސް ކޮމްޕިއުޓާސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓާ އަދި ސޮޓޮކިސްޓް ފޯ މޯލްޑިވްސްގެ ގޮތުގައި ސޮފްޓް ޓަޗް ޕްރައިވެޓް ލިމިޓެޑް އެޕޮއިންޓްކޮށްފައިވާތީ ފޯކަސް ކޮމްޕިއުޓާސް ކުންފުނީގެ ފަރާތުން ސޮފްޓް ޓަޗަށް މަރުހަބާ ދަންނަވާ ކަމަށާއި އަދި މި ޕްރޮޑަކްޓްސް ލޯންޗް ކުރުމަށް ކުރަމުންދާ މަސައްކަތައް ޝުކުރު ދަންނަވާ ކަމަށެވެ.

ފޯކަސް ކޮމްޕިއޓާސް އަކީ 1994 އިން ފެށިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުންޏަކީ އެޗް ޕީ ގެ ޓިއަރ ވަން އަދި ސާވިސް ޕާޓްނަރެކެވެ. އަދި މައިކްރޯސޮފްޓްގެ މެނޭޖް ޕާޓްނަރެއްގެ އިތުރުން އެ ކުންފުންޏަކީ އައި ސީ ޓީ – ޓޯޓަލް ސޮލިއުސަން ދޭ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް