ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ތިންވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހައްޖުވެރިންގެ ތިންވަނަ ގްރޫޕު ރޭ ރާއްޖެ އަތުވެއްޖެ އެވެ. ހައްޖު ކޯޕަރޭޝަނުން ހާމަކުރާގޮތުގައި ހައްޖުވެރިންގެ ތިން ގްރޫޕް ރާއްޖެ އައިސްފައިވަނީ މ...

30 Sep 2015 | 13:48

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހައްޖުވެރިންގެ ތިންވަނަ ގްރޫޕު ރޭ ރާއްޖެ އަތުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަނުން ހާމަކުރާގޮތުގައި ހައްޖުވެރިންގެ ތިން ގްރޫޕް ރާއްޖެ އައިސްފައިވަނީ މިއަދު އިރުއޮއްސި 6:30 ހާއިރު އެވެ. ދެވަނަ ފްލައިޓް އައިސްފައިވަނީ ރޭ 10:30 ހާއިރު އެވެ. އަދި ފުރަތަމަ ފްލައިޓް އައިސްފައިވަނީ އޭގެ ކުރީރޭ މެންދަމު 2:30 ހާއިރު އެވެ.

އެ ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1300 ދިވެހިން ސައުދީއަރަބިއްޔާއަށް ދިޔަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން، ތިން ގްރޫޕަކުންވެސް މި ފަހަރު ވަނީ ހައްޖަށް މީހުން ގެންގޮސްފަ އެވެ. އެއީ މިނާ ހައްޖު އުމްރާ ގްރޫޕާއި، ސިސިލްފަރު ހައްޖު އުމްރާ ގްރޫޕާއި އަދި ޒައީ ގްރޫޕުންނެވެ.

މިގްރޫޕްތަކުގެ ހަވާލުގައި 700 މީހުން ވަނީ ހައްޖަށް ގޮސްފައިވާއިރު މި ގްރޫޕްތަކުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް