މާދަމައިން ފެށިގެން ސަރުކާރު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު އަށަކުން މެންދުރު ދެއަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެންނެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން އެރުވި ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 8.00 ން މެންދުރުފަހު 2.00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން އެރުވި ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވީ، ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން، ޢާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު އިތުރު ކުރެއްވުމަށާއި، ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރުމަށް ފުރުޞަތު ދެއްވުމަށާއި، ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅުމާއި، ތަޢުލީމު ޙާޞިލުކުރުމާއި، ފަންނީ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުޞަތު އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް