ހޯމަ ދުވަހުގެ ހާދިސާއިން އިސްދޫގެ ރައްޔިތުންނަށް ވަނީ ވަރަށްބޮޑު ނުތަނަވަސް ކަމެއް ލިބިފައި: ކުރިމަގު ގޮފި

ރިޔާސީ ލޯންޗުކޮޅުގައި ހޯމަ ދުވަހު ހިނގާދިޔަ ހާދިސާގެ ސަބަބުން އިސްދޫގެ ރައްޔިތުން ވަނީ ކަންބޮޑުވެ ނުތަނަވަސް ވެފައި ކަމަށް ޕީޕީއެމް އިސްދޫ ކުރިމަގު ގޮފިން ބުނެފި އެވެ. އެ ގޮފިން މިހެން ބުނެފައިވަނީ ހޯ...

30 Sep 2015 | 08:04

ރިޔާސީ ލޯންޗުކޮޅުގައި ހޯމަ ދުވަހު ހިނގާދިޔަ ހާދިސާގެ ސަބަބުން އިސްދޫގެ ރައްޔިތުން ވަނީ ކަންބޮޑުވެ ނުތަނަވަސް ވެފައި ކަމަށް ޕީޕީއެމް އިސްދޫ ކުރިމަގު ގޮފިން ބުނެފި އެވެ.

އެ ގޮފިން މިހެން ބުނެފައިވަނީ ހޯމަ ދުވަހުގެ ހާދިސާއާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މެޑަމް ފާތުން އަށާއި އަރިހުގައި ދަތުރުފުޅު ކުރެއްވި ބައެއް ބޭފުޅުންނަށް ލިބުނު އަނިޔާގެ ވާހަކަ އަޑު އެހީ ކުއްލި ސިހުމާއި ފުން ހިތާމައާއި އެކުގައި ކަމަށެވެ.

"މި ހިނގާދިޔަ ނުރައްކާތެރި ހާދިސާގެ ސަބަބުން މި ގޮފީގެ މެމްބަރުންނަށާއި އިސްދޫގެ ލޮބުވެތި ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ކަންބޮޑުގެ، ނުތަނަވަސްކަމެއް ލިބިފައި، މިކަން ހިނގަން ދިމާވި ސަބަބެއް ބައްލަވައި އެކަމުގެ ތަހުގީގެއް ހިންގަވައި، ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން" އިސްދޫ ކުރިމަގު ގޮފީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެންމެންގެ ދުއާއަކީ މެޑަމް ފާތުން އާއި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރެއްވުން ކަމަށެވެ. އަދި ގޮފީގެ ފުރިހަމަ ތާއީދާއި ހެޔޮ ދުޢާ އަބަދުވެސް ރައީސުލްޖުމްހޫރިއްޔާއާއެކު ވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް