ރޭ ތިން ރަށަކަށް އުދައިގެ އަސަރުކޮށްފައިވޭ: އެންޑީއެމްސީ

ރޭ ތިން ރަށަކަށް އުދައިގެ އަސަރުކޮށްފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓާ(އެންޑީއެމްސީ) އިން ހާމަކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެންޑީއެމްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އު...

30 Sep 2015 | 07:49

ރޭ ތިން ރަށަކަށް އުދައިގެ އަސަރުކޮށްފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓާ(އެންޑީއެމްސީ) އިން ހާމަކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެންޑީއެމްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އުދައިގެ އަސަރު ތިން ރަށަކަށް ކުރި ކަމުގެ މައުލޫމާތު އެ ސެންޓަރަށް ލިބިފައި ވާކަމަށެވެ. އެ ރަށް ރަށަކީ ގދ މަޑަވެލި، ލ.ދަނބިދޫ އަދި މ ކޮޅުފުށި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އުދަ އަރާފައިވާ އެއްވެސް ގެއަކަށް، އަދި މުދަލަކަށްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އުދައިގެ އަސަރު ރޭ ތިން ރަށަކަށް ކުރިން ރޭ ތިން ރަށަކަށް ކޮށްފައިވާއިރު ދެން އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ކުޑަކަމަށް މެޓް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް