ވަގަށް ނަގާފައިވާ މަސްދަޅު ކޭހެއް ފުލުހުން ހޯދައިފި

ވަގަށްނާގަފައިވާކަމަށް ބެލެވޭ މަސްދަޅު ކޭހެއް ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނީ މި މަސްދަޅު ކޭސް ފުލުހުން ހޯދާފައިވަނީ ވަގަށްނެގުމަށްފަހު މީހަކަށް...

30 Sep 2015 | 07:38

ވަގަށްނާގަފައިވާކަމަށް ބެލެވޭ މަސްދަޅު ކޭހެއް ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި މަސްދަޅު ކޭސް ފުލުހުން ހޯދާފައިވަނީ ވަގަށްނެގުމަށްފަހު މީހަކަށް ވިއްކާލާފައިވަނިކޮށް މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ މި މަސްދަޅު ކޭހަކީ ހދ. ކުޅުދުއްފުށި ފިހާރައަކުން ހދ. ފިނޭއަށް ފޮނުވުމަށްޓަކައި ކުޅުދުއްފުށީ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިހުރި މުދާތަކެއްގެ ތެރޭގައި ހުރި މަސްދަޅު ކޭހެއް ކަމަށް ފުލުހުން ހާމަކުރެ އެވެ.

މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނުވާ ކަމަށާއި އަދި މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް