ސައުދީ ޕްރިންސް ނަވާފް އަވަހާރަވެއްޖެ

ސައުދީ އަރަބިއްޔާގެ ޕްރިންސެއް ކަމަށްވާ ޕްރިންސް ނަވާފް ބިން އަބްދުލް އަޒީޒު އަވަހާރަވެއްޖެ އެވެ. ސައުދީ ޕްރެސް އޭޖެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްރިންސް ނަވާފް އަވަހާރަވެފައިވަނީ އިއްޔ...

30 Sep 2015 | 07:25

ސައުދީ އަރަބިއްޔާގެ ޕްރިންސެއް ކަމަށްވާ ޕްރިންސް ނަވާފް ބިން އަބްދުލް އަޒީޒު އަވަހާރަވެއްޖެ އެވެ.

ސައުދީ ޕްރެސް އޭޖެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްރިންސް ނަވާފް އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ކަމަށެވެ.

ޕްރިންސް ނަވާޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1933 ވަނަ އަހަރު އެވެ. ޕްރިންސް ނަވާފް އަކީ އަބްދުލް އަޒީޒް ރަސްގެފާނުގެ 22 ވަނަ ފިރިހެން ދަރި އެވެ. އަވަހާރަވި އިރު ޕްރިންސް ނަވާފްގެ ފަސް ދަރިން އެބަތިއްބެވެ.

ސައުދީ ސަރުކާރުގައި ޕްރިންސް ނަވާފް އެންމެ ފަހުން އަދާކުރައްވާފައިވާ ވަޒީފާއަކީ އިންޓެލިޖެންސްގެ ޗީފް އޮފް ޖެނެރަލް ކަމެވެ. އެ މަގާމް 2001 އިން 2005 އަށް ޕްރިންސް ނަވާފް އަދާކުރެއްވި އެވެ. އޭގެ ކުރިން ޕްރިންސް ނަވާފް ވަނީ ސައުދީގެ ފިނޭންސް މިނިސްޓަރުކަންވެސް އަދާ ކުރައްވާފަ އެވެ. އެއީ 1961 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް