ބަނގުރާ ފުޅިތަކަކާއެކު ތިން މީހަކު ހައްޔަރު، ބަންދަށް 15 ދުވަސް

ކ. މާފުށީ ޕޮލިސް ސްޓޭޝަނާއި ކ. ގުރައިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މި އޮޕަރ...

30 Sep 2015 | 05:54

ކ. މާފުށީ ޕޮލިސް ސްޓޭޝަނާއި ކ. ގުރައިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމީހުންގެ ތެރެއިން 18 އަހަރުގެ މިހާއާއި 21 އަހަރުގެ މިހާއަކީ ބަންގަލަދޭޝްގެ ރައްޔިތުން ކަމަށާއި އަދި 44 އަހަރުގެ މީހާއަކީ ދިވެއްސެއް ކަމަށް ފުލުހުން ހާމަކުރެ އެވެ.

މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި ދިވެހިންނަށް ބަނގުރާ ވިއްކައި އެސަފާރީގައި ދިވެހިންގެ ބަޔަކު ބަނގުރާ ބޭނުންކުރަން ތިބިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ 16:00 ހާއިރު ހިންގި އޮޕަރޭޝަނުގައި އެސަފާރިން ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ސަފާރީއަށް އަރައި މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެސަފާރީ ބަލައިފާސްކުރިއިރު ޤަވާއިދާ ހިލާފަށް ގެންގުޅެމުންދިޔަ 700 އަށްވުރެ ގިނަ ބަނގުރާފުޅި ފެނިފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް