ޅ.ކުރެންދޫގައި މީހަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި މީހަކު ބުނީ ދަންޖެހިގެން މަރުވެފައިވަނީ އެރަށު ޒުވާނެއް ކަމަށާއި ދަންޖެހިފައި ހުއްޓާ ފެނުނީ ކޮޓަރިތެރެއިން ކަމަށެވެ.
"ރަށުތެރޭ ކިޔާ ރޭ އިޝާނަމާދަށްފަހު ކޮޓަރިއަށް ވަން ގޮތަށް ނުނިކުންނަ ކަމަށް، ހަބަރެއް ނުވެގެން ބެލި އިރު އޮތީ ދަންޖެހިފައި" އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ދަންޖެހިގެން މަރުވީ އެރަށު ކްރެސެންޓްވިލާ، އަބްދުﷲ އާރިފް އެވެ. ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ. އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް