އުމުރުން 30 އަހަރަށް ދާއިރު ރާއްޖޭގެ ގިނަ އަންހެނުން ތިން ފަހަރަށް ވަރިވޭ !

މިއީ އދއިން ރާއްޖެއާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓަކާއި ކަމުގެ ތަޖުރިބާކާރަކު ލިޔެފައިވާ ފޮތަކާއި ހަވާލާދީ ބައިނަލްއަގްވާމީ ނޫހެއްގައި ލިޔެވައިވާ ލިޔުމެކެވެ. ލިޔުން ފަށާފައިވަނީ ތައުރީފުގެ ނަލަ ބަސްތަ...

30 Sep 2015 | 05:01

މިއީ އދއިން ރާއްޖެއާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓަކާއި ކަމުގެ ތަޖުރިބާކާރަކު ލިޔެފައިވާ ފޮތަކާއި ހަވާލާދީ ބައިނަލްއަގްވާމީ ނޫހެއްގައި ލިޔެވައިވާ ލިޔުމެކެވެ.

ލިޔުން ފަށާފައިވަނީ ތައުރީފުގެ ނަލަ ބަސްތަކުންނެވެ. އިންޑިއާ ކަނޑުގައި ހާރެއްހެން ގަތާލެވިފައިވާ ރަށްތަކުގެ ރީތި ވާހަކައިންނެވެ. ދޮން މީހުން ބުނާ ބީދައިން ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ބުނެމުންނެވެ.

އދ ގެ ރިޕޯޓާއި ހަވާލާދީ ބުނެފައިވަނީ ރާއްޖޭގައި ވަރީގެ ރޭޓް އުޅޭލެއް މަތިކަމުން އެވްރެޖްކޮށް ދިވެހި އަންހެނަކު އުމުރުން 30 އަހަރު ވާއިރު ތިންފަށްވަރިއަކުން ވަރިވެފައި ހުންނަ ކަމަށެވެ. ވަރިކުރުމުގެ ދުނިޔޭގެ ރެކޯޑް ރާއްޖެއަށް ލިބިފައި ވާކަމަށެވެ.

ވަރި އެންމެ ގިނައީ ރާއްޖެއާއި އެމެރިކާގަ އެވެ. ޜާއްޖެ އާއި އެމެރިކާގައި ވަރި ގިނަކަމާއި އެކަމުގެ ސަބަބަކީ ކޮބާކަމާއިމެދު އެ ލިޔުމުގައި ސުވާލު އުފައްދާފައި ވާއިރު ތަޖުރިބާކާރެއްގެ ޖަވާބުވެސް އެ ލިޔުމުގައި ގެނެސްދީފައި ވެ އެވެ.

"ވަހުޝީކަން" ޖޯން ޖޭ ކޮލެޖް އޮފް ޖަސްޓިސްގެ އެންތުރޮޕޯލޮޖީ ޑިޕާޓްމެންޓްގެ ޗެއާ އެންތޮނީ މާކަސް ޖަވާބު ދީފައި ވެ އެވެ.

މިކަމާބެހޭގޮތުން މާކަސް ފޮތެއް ލިޔެފައި ވާއިރު މާކަސް ބުނެފައިވަނީ ރާއްޖެއަކީ މުސްލިމް ގައުމެއް ކަމުން ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ހުއްދަކަމަކަށް ނުވާ ކަމަށެވެ. އަދި ރާއްޖޭގައި 18 އަހަރު ވުމާއެކު އާންމުގޮތެއްގައި އަންހެންކުދިން ކައިވެނި ކުރަނީ އެ ސަބަބާ ހުރެ ކަމަށްވުން އެކަށީގެންވާ ކަމަށާއި ކައިވެނި ކުރުމަކީ ރާއްޖޭގައި ބޮޑު ކަމަކަށް ނުވާއިރު  ގާޒީއަށް 10 ޑޮލަރު ދިނުމަށްފަހު 10 ރަށްޓެހިންނަށް ރެސްޓޯރެންޓަކަށް ދައުވަތު ދިނުމަށްފަހު ކައިވެނީގެ ކަންކަން ރާއްޖޭގައި ނިންމާލާ ކަމަށްވެސް މާކަސް ބުނެފައި ވެ އެވެ.

މާކަސްގެ ފޮތުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ދެ ލޯބިވެރިން ސައިކަލުގައި ރަށްވަށާ ދެބުރު ޖަހާލުމަށްފަހު ލޯބީގެ ގުޅުން ހިންގާ ކަމަށާއި އެކަމަކީވެސް ރާއްޖޭގައި ވަރި ގިނަ ވުމުގެ އެއް އަސްލު ކަމުގައި ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް