ލޯންޗުކޮޅުގައި ހިނގި ހާދިސާ ތަހުގީގު ކުރުމުގައި އެހީތެރިވުމަށް އިންޑިއާއިންވެސް ހުށަހަޅައިފި

ރިޔާސީ ލޯންޗުކޮޅުގައި ހޯމަ ދުވަހު ހިނގި ހާދިސާގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ހުށަހަޅާފައި ވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު(މުންދު) ވިދާޅުވެއްޖެ ...

30 Sep 2015 | 03:29

ރިޔާސީ ލޯންޗުކޮޅުގައި ހޯމަ ދުވަހު ހިނގި ހާދިސާގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ހުށަހަޅާފައި ވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު(މުންދު) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުންދު އާއި ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނެފައިވަނީ މި ހާދިސާ ތަހުގީގު ކުރުމަށް އެމެރިކާ، ސައުދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުންވެސް އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅާފައި ވާކަމަށެވެ.

އެ ނޫހުގައި ބުނެފައިވާގޮތުން އިންޑިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ހަރްޝާ ޑެ ސިލްވާ ވަނީ އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު މުންދުއާއި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އިންޑިއާގެ އެ ހުށަހެޅުން މިނިސްޓަރު މޮންދު ގަބޫލުފުޅު ކުރެއްވި ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް