އިވުމާއި ވާހަކަދެއްކުމުން މަހްރޫމުވެފައި، ފުރޮޅުލީ ގޮނޑީގައި އިން އަނބިމީހާއާއެކު ހައްޖުގެ އަޅުކަން އަދާކޮށްފި

ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން މީހުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު ފޮޓޯއިން އެ ފެންނަ ދެމަފިރިންނަކީ ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ހުވަފެން ދެކެމުން އައިސް އ...

30 Sep 2015 | 02:42

ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން މީހުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު ފޮޓޯއިން އެ ފެންނަ ދެމަފިރިންނަކީ ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ހުވަފެން ދެކެމުން އައިސް އެ ހުވަފެން މިއަހަރު ހަގީގަތަކަށް ހެދި ދެމަފިރިންނެވެ.

ފިރިމީހާއަށް އުމުރުން 55 އަހަރެވެ. ނަމަކީ މުހައްމަދު އައްވާދު އެވެ. އިވުމުން މަހުރޫމް ވެފައެވެ. ވާހަކައެއް ނުދެއްކެ އެވެ. ފުރޮޅުލީ ގޮނޑީގައި އިށީނދެ އޭނީ އޭނާގެ އަންހެނުންނެވެ.

މިދެމަފިރީން ނިސްބަތްވާ ގައުމު އަދި އަންހެންމީހާގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް މިދެމަފިރީންގެ ވާހަކަ "މައްކާ ޑެއިލީ" ނޫހުން ވަނީ ގެނެސްދީފަ އެވެ.

"އަހަރެމެން ވާހަކަ ދައްކަނީ އިސާރާތުން، މާތްވެގެންވާ ކައުބަތުﷲ ގެފުޅު ހަމަލޮލުން ބަލާލުމަކީ ފިރިމީހާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް، ހައްޖު ދަތުރުގައި އިސްލާމީ ގަދީމީ ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް ލިބުނު، މިތިބީ ވަރަށް އުފަލުން" އައްވާދުގެ އަނބިމީހާ ކިޔާދިނެވެ.

އޭނާ ބުނެފައިވަނީ ދެމީހުންގެވެސް ބަލި ހާލު ހުރިގޮތުން ދެމީހުންނަށްވެސް ތަވާފް ކުރަންޖެހުނީ ފުރޮޅުލީ ގޮނޑީގަ އެވެ. އެއީ ފިރިމީހާގެ ހާލު ދެރަކަމުން ކަމަށާއި އަދި އެއްފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަކީ ދެކޭ ހުވަފެނެއް ކަމުގައިވެސް އައްވާދުގެ އަނބިމީހާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް