މައްކާގެ ހޮސްޕިޓަލްތަކުގައި އަދިވެސް 1،000 އަށްވުރެ ގިނަ ހައްޖުވެރިން އެބަތިބި

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން މީހުން އެކި ގައުމުތަކުން ސައުދީއަށް ގޮސްފައިވާއިރު މައްކާގެ ހޮސްޕިޓަލްތަކުގައި އަދިވެސް 1،000 އަށްވުރެ ގިނަ ހ...

30 Sep 2015 | 01:04

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން މީހުން އެކި ގައުމުތަކުން ސައުދީއަށް ގޮސްފައިވާއިރު މައްކާގެ ހޮސްޕިޓަލްތަކުގައި އަދިވެސް 1،000 އަށްވުރެ ގިނަ ހައްޖުވެރިން އެބަތިބި ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ފައިސަލް އަލް-ޒަހްރާނީ ވިދާޅުވެފައިވަނީ ހޮސްޕިޓަލްގައި ތިބި ހައްޖުވެރިންގެ ތެރޭގައި ކެރޭނު ވެއްޓުނު ހާދިސާގައި ޒަހަމްވި ހައްޖުވެރިންނާއި މިނާގައި ހައްޖުވެރިން ފިތިގެން ހިނގި ހާދިސާގައި ޒަހަމްވި ހައްޖުވެރިން ހިމެނޭ ކަމަށެވެ.

ޒަހްރާނީ ވިދާޅުވެފައިވަނީ ފިތިގެން ޒަހަމްވި ހައްޖުވެރީންގެ ތެރެއިން 352 ހައްޖުވެރިއަކު ހާއްސަ ފަރުވާދޭ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައި ވާކަމަށެވެ.

"މިއަހަރު އެކު ޖުމްލަ 386،072 ހައްޖުވެރިން މައްކާގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާފައިވޭ، އޭގެތެރެއިން 305،542 ހައްޖުވެރިން ދައްކާފައިވަނީ އެމަޖެންސީ ވޯޑަށް، 1،115 ހައްޖުވެރިން އެޑްމިޓް ކުރެވުނު، 607 ހައްޖުވެރިން އެޑްމިޓް ކުރެވުނީ ހޫނުގަދަވުމުގެ ސަބަބުން، ފަސް މީހަކު ވިހާފައިވޭ" ޒަހްރާނީ ވިދާޅުވެފައި ވެ އެވެ.

މައްކާގެ ހޮސްޕިޓަލްތަކުގައި 22 ހައްޖުވެރިއަކު ހިތުގެ އޮޕަރޭޝަން ކޮށްފައިވާއިރު 668 ހައްޖުވެރިއަކު އެކި އޮޕަރޭޝަންތައް ކޮށްފައި ވާކަމަށާއި 2،213 ހައްޖުވެރިއަކު ކިޑްނީ ޑަޔާލަސިސް ހަދާފައިވާކަމަށްވެސް ޒަހްރާނީ ވިދާޅުވެފައި ވެ އެވެ.

މިނާގައި ހައްޖުވެރިން ފިތިގެން ހިނގި ހާދިސާގައި 800 އަށްވުރެ ގިނަ ހައްޖާޖީން ޒަހަމްވެފައިވާއިރު ފަރުވާ ދިނުމަށްފަހު 10 ހައްޖާޖީން ދޫކޮށްލާފައިވާކަމަށް ސައުދީ ހެލްތު މިނިސްޓްރީން ހާމަކުރެ އެވެ. މައްކާގެ ހޮސްޕިޓަލެއް ކަމަށްވާ ސައީދު ހަމަދު އަލް-ގަމްދީ ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި އެ ހޮސްޕިޓަލުގައި އެ ހާދިސާއާއި ގުޅިގެން ޒަހަމްވި 46 މީހަކަށް ފަރުވާ ދެމުން އަންނައިރު 24 މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

އެ ހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާ ދެމުން އަންނައިރު އެ ހާދިސާގައި ނިޔާވި 99 ހައްޖާޖީއަކު މިހާރުވަނީ ވަޅުލާފަ އެވެ. ކަށުނަމާދު ކޮށްފައިވަނީ މަސްޖިދުލް ހަރަމްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް