ގެއްލިގެން ހޯދަމުންދިޔަ "އަކިރިސް" ބޯޓު ފެނިއްޖެ

އިއްޔެ ފަތިހު މާލެ ދަތުރުކުރަނިކޮށް ޚަބަރެއްނުވެ ގެއްލުނު "އަކިރިސް" ބޯޓު ފެނިފައިވާކަމަށް ކޯސްޓްގާޑުން ބުނެފިއެވެ. އެގޮތުން އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ އިއްޔެ ފަތިހު ލ. ގަމުން ފުރައިގެން މ...

30 Aug 2024 | 05:14

އިއްޔެ ފަތިހު މާލެ ދަތުރުކުރަނިކޮށް ޚަބަރެއްނުވެ ގެއްލުނު "އަކިރިސް" ބޯޓު ފެނިފައިވާކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

އެގޮތުން އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ އިއްޔެ ފަތިހު ލ. ގަމުން ފުރައިގެން މާލެ ދިއުމަށް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ "އަކިރިސް" ބޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހޯދާފައިވާކަމަށެވެ.

"މި ބޯޓު ލޮކޭޓް ކުރެވިފައިވަނީ މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައިވަނިކޮށް ކޯސްޓްގާޑް އިންޓަސެޕްޓަރ ކްރާފްޓް މަލާފަތް ލޯންޗަށް" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ އެ ބޯޓުން ދަތުރުކުރި 14 މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ބޯޓުގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ރޭ 07:10 ހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް