ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ތ. މަޑިފުށިން ފުރަން އުޅުމުން ތުއްތު ކުއްޖަކު ދޫނުކޮށް ފޮށީގައި ހިފައިގެން ދާތަން ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
ވީޑީއޯގައި ފެންނަނީ، އަމްރު ފޮށި ހިފައިގެން ދާތަނެވެ. އަދި ތުއްތު ކުއްޖަކުވެސް ފޮށި ކޮއްޕާތަނެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު އަމްރު މަޑުކޮށްލެއްވި އިރު ވެސް އެ ކުއްޖާ ހުރީ ފޮށީގައި ހިފަހައްޓައިގެން، ދޫކުރުމުގެ މާބޮޑު ހިޔާލެއް ނެތިއެވެ.
ވީޑިއޯ އާއްމު ކުރި ލޫކަސް ޖަލީލު ބުނީ 'މި ކޮއްކޮ އަމްރު ބޭބެ ފުރަން ދާން އުޅުނީމަ ވެސް ދޫކޮށްނުލި' ކަމަށެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދު ހޯއްދެވުމަށް އަމްރު އެއްމެ ފަހުން ވަޑާއިގެންނެވީ ތ. އަތޮޅަށެވެ. މި ދަތުރުގެ ތެރެއިން އަމްރު ވަނީ އެމްއެންޕީގެ ޖަގަހަ އަކަށް ވަޑައިގެން، އެތަނުގައި ތިބި މީހުންނާވެސް ސަލާމް ކުރައްވާފައެވެ.
އޭގެ އިތުރުން އަމްރު ވަނީ ކެފޭތަކަށް ވަޑައިގެން، ޒުވާނުންނާވެސް ބައްދަލު ކުރައްވާފައެވެ.
މިރޭ ޕީއެސްއެމް އިން ގެނެސްދޭ ރަނިންމޭޓް ޕްރޮގްރާމުގައި އަމްރުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު މިވަގުތު ކެމްޕޭން ކުރައްވަނީ ރ. އަތޮޅުގައެވެ. އިލްޔާސް އެ އަތޮޅަށް ފުރާ ވަޑައިގެންނެވީ އިއްޔެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް