ހިންނަވަރާއި ނައިފަރާ ދެމެދު ހުރި ފަޅުތައް ބްރިޖަކުން ގުޅާލައި ސިޓީއަކަށް ހަދާނަން: ގާސިމް

ވެރިކަން ލިބިއްޖެނަމަ ޅ. ހިންނަވަރާއި ނައިފަރާ ދެމެދު ހުރި ފަޅުތައް ބްރިޖަކުން ގުޅާލައި، ހިންނަވަރު ބޮޑު ސިޓީއަކަށް ބަދަލު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ...

30 Aug 2023 | 10:26

ވެރިކަން ލިބިއްޖެނަމަ ޅ. ހިންނަވަރާއި ނައިފަރާ ދެމެދު ހުރި ފަޅުތައް ބްރިޖަކުން ގުޅާލައި، ހިންނަވަރު ބޮޑު ސިޓީއަކަށް ބަދަލު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ، ހިންނަވަރަށް ދެވުނު ނަމަ ވިސްނަވައިގެން ހުރީ، ހިންނަވަރާ ނައިފަރާ ދޭތެރޭގައި އޮތް މަޑިވަރާ، ފެލިވަރާ، ދާއެރިފަރާ ހިންނަވާ ދޭތެރޭ ބްރިޖަކުން ގުޅާލައިދޭން ވައުދުން ކަމަށެވެ. މީން ކޮންމެ ދޭތެރެއަކުވެސް ކުޑަ ކަނޑުއޮޅިއެއް އެބަ އޮތް  ކަމަށާއި އެއް ފަރުން އަނެއް ފަރާ ދޭތެރޭގައި ހުންނަނީ ގާތްގަނޑަކަށް 300 މީޓަރު ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެންމެ ދިގު ދޭތެރޭގައިވެސް ހުންނަނީ 500 ވަރަކަށް މީޓަރު ގާސިމް ވިދާޅުވިއެވެ.

"އެހެންމަ އަޅުގަނޑުގެ ވެރިކަމެއްގަ، މާތްﷲ އިރާދަކުރެއްވިއްޔާ މިތަން އެއްކޮށް އަޅުގަނޑު ބްރިޖުން ގުޅާލަދޭނަން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެކަމުގެ ސަބަބުން ދަތުރުފަތުރު ފަދަ ކަންކަމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އެ ހިސާބު ބްރިޖަކުން ގުޅާލަން މާބޮޑު ހަރަދެއް ނުދާނެ ކަމަށެވެ.

އެފަދައިން ކަން ކޮށްފިނަމަ އެތަން ސިޓީއަކަށްވެސް ބަދަލު ކުރުމުގެ ފުރުސަތު ބޮޑެވެގެން ދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، ތަރައްގީއަށް ބަލާއިރު، އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. ސަބަބަކީ ކޮންމެ ރަށެއްގައި ބޮޑު ފަޅެއް އޮތް އިރު، މުސްތަގުބަލުގައި ހިއްކަން ޖެހިއްޖެނަމަ ހިއްކާ ބޮޑު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށާއި އާބަން ޑިވެލޮޕްމެންޓަށް ބަލާއިރު އެއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭނަށް ގާސިމް އެންމެ ފަހުން ވަޑައިގެންނެވީ ޅ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް