މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއްގައި ސްޓެޕްސް އައްޔަ ހައްޔަރު ކޮށްފި

މާލޭގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއްގައި ކުރީގެ ނެށުންތެރިޔާ އަދި ސިޔާސީ އެކްޓިވިސްޓް (އަލީ ޝާހިދު) ސްޓެޕްސް އައްޔަ ހައްޔަރުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ...

30 Aug 2023 | 08:05

މާލޭގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއްގައި ކުރީގެ ނެށުންތެރިޔާ އަދި ސިޔާސީ އެކްޓިވިސްޓް (އަލީ ޝާހިދު) ސްޓެޕްސް އައްޔަ ހައްޔަރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫންގޮތުގައި ހިފަހައްޓައި އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރި މައްސަލައަކާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ހައްޔަރުކުރި އެ މީހަކީ ސްޓެޕްސް އައްޔަ އެވެ.

މިފަދަ މައްސަލައެއްގައި ސްޓެޕްސް އައްޔަ ހައްޔަރުކޮށްފައިވާއިރު ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ހޯދާ ނުފެނިގެން މި މަހުގެ 16 ވަނަ ދުވަހު އޭނާ ހޯދަންވެސް ފުލުހުން އިއުލާނުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް