މާރިޔާ ވިދާޅުވީ، ރައީސް ސޯލިހު ވަޑާއިގެންނެވުމުން ރަށްރަށުން ފެނިގެން ދަނީ ފިއްކަނޑައިގެން ދާ ވަރުގެ ހޫނު މަރުހަބާއެއް ކަމަށެވެ. އެހެންކަމުން ތަނަވަސް އަގުލަބިއްޔަތަކުން އެއްބުރުން ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިހު ކެމްޕޭނަށް ހުރިހާ ރަށަކަށްވެސް ވަޑައިގަންނަވާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ، ރައީސްގެ ކެމްޕޭނަށް ރަށްރަށުން މީހުން ގެންދަން ނުޖެހޭނެ ކަމަށެވެ.
މާރިޔާ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން މާރިޔާ ވިދާޅުވީ މުއިއްޒު އަކީ ކަނޑު ދަތުރަށް ނުފަރިތަ ބޭފުޅެއް ކަމަށާއި، މުއިއްޒު ހުރިހާ ރަށަކަށް ވަޑައި ނުގަންނަވާ، ޖަލްސާ އޮންނަ ރަށަކަށް، އެހެން ރަށްރަށުން މީހުން ގެންދާ ކަމަށެވެ. އައި މުއިއްޒުގެ ޖަލްސާތަކާއި ރައީސް ސޯލިހުގެ ޖަލްސާތައް ބަލައި، މީހުންގެ އަދަދު ގުނުމުން، ރައީސް ސޯލިހަށް ރަށުން ނުކުން މީހުން ދެގުނަ އިތުރުކަން ފާހަގަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް ސޯލިހުއާއި މުއިއްޒުގެ ތަފާތު ކިޔައިދެމުން މާރިޔާ ވިދާޅުވީ، މުއިއްޒުގެ ހައުސިންގް މިނިސްޓަރު ކަމުގެ ދަށުގައި އެޅި ގާކޮށި ފްލެޓްތަކުގެ ކުލި ލުއި ކޮށްދޭން އެދުމުންވެސް މުއިއްޒު އެކަން ކޮށް ނުދެއްވި ކަމަށެވެ. ނަމަވެސް ހިޔާ ފްލެޓްގެ ވެރިން ރައީސް ސޯލިހުއާ ބައްދަލު ކުރެއްވުމުން ދެ ފަހަރުގެ މަތިން ކުއްޔަށް ލުޔެއް ދެއްވި ކަމަށެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، މުއިއްޒު ހައުސިންގް މިނިސްޓަރު ކަމުގައި ހުންނެވި އިރު ދުވާ ޓްރެކް އަލުން ހަދަން އެންގުމުން، އެކަމަށް ހަރަދު ކުރީ އާސަންދައިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް