ސަންގުގެ ބަހުސްގައި އަމިއްލަ ކެނޑިޑޭޓުންނަށްވެސް ފުރުސަތު ދޭން ނިންމައިފި

ސަންގު ޓީވީއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި އަމިއްލަ ކެނޑިޑޭޓުންނަށްވެސް ފުރުސަތު ދޭން ނިންމައިފިއެވެ. މީގެ ކުރިން ސަންގުން ކަނޑައަޅާފައި ވަނީ މި ބަހުސްގައި ބައިވެރި ވެވޭނީ ޕާޓީތަކުގެ...

30 Aug 2023 | 06:07

ސަންގު ޓީވީއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި އަމިއްލަ ކެނޑިޑޭޓުންނަށްވެސް ފުރުސަތު ދޭން ނިންމައިފިއެވެ.

މީގެ ކުރިން ސަންގުން ކަނޑައަޅާފައި ވަނީ މި ބަހުސްގައި ބައިވެރި ވެވޭނީ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް އެކަނި ކަމަށެވެ. ނަމަވެސް ހުރިހާ ކެނޑިޑޭޓުންނަށް ހުޅުވާލައިގެން ޕީއެސްއެމްއިން އިންތިޒާމު ކުރި ބަހުސް ކެންސަލް ކޮށް، ސަންގާ އެކުވެގެން ކުރިއަށް ދާން ނިންމުމުން، މިނިވަން ކެނޑިޑޭޓުންނަށް ބަހުސްގައި ބައިވެރި ވުމުގެ ފުރުސަތު ގެއްލުނެވެ.

އެކަމާ ގުޅިގެން އެ ކެނޑިޑޭޓުންނާއި އާއްމުންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަމިއްލަ ކެނޑިޑޭޓުންނަށް ބަހުސް އިން ފުރުސަތު ދިނުމާއިމެދު ސަންގުން ފޭސްބުކްގައި ޕޯލެއް ނަގާފައިވެއެވެ. އެ ޕޯލަށް ހާހަކަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު 91 އިންސައްތަ މީހުން ވޯޓު ދީފައިވަނީ އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށްވެސް ބަހުސްގައި ފުރުސަތު ދޭން ފެންނަ ކަމަށެވެ.

އެހެންކަމުން މިއަދު ސަންގުން ނިންމާފައި ވަނީ، މި ބަހުސްގައި ހުރިހާ ކެނޑިޑޭޓުންވެސް ބައިވެރި ކުރުމަށެވެ.

"ސަންގު ބަހުސް" އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ 9:00ން 11:00 އަށެވެ. ސަންގުން ބުނީ މި ބަހުސް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7779306 ނަންބަރު ފޯނާ ގުޅުމަށް ސަންގުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް