މުދަލު ޒަކާތުގެ ނިޞާބު ދަށްވެއްޖެ

މުދަލު ޒަކާތުގެ ނިޞާބު ދަށްވެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.. އެ މިނިސްޓްރީން މިއަދު ބުނީ، މިހާރު މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7191.90 ކަމަށެވެ. މުދަލު ޒަކާތުގެ ނިޞާބަށް އެން...

30 Aug 2023 | 04:49

މުދަލު ޒަކާތުގެ ނިޞާބު ދަށްވެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ..

އެ މިނިސްޓްރީން މިއަދު ބުނީ، މިހާރު މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7191.90 ކަމަށެވެ.

މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު އައިސްފައިވަނީ މެއި މަހުގެ ތެރޭގައެވެ. އޭރު މުދަލު ޒަކާތުގެ ނިޞާބަކީ 7،312.55 ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި ބަދަލާއެކު ނިޞާބު ދަށްވެގެން ދިޔައީ 120.65 ރުފިޔާއެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، އިސްލާމް ދީނުގައި ވާޖިބެކެވެ.

ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް