ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 149 ރުފިޔާއަށް 100ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދާދި ފަހުން ދިރާގުން ތަޢާރަފްކުރި މި 5 ދުވަހުގެ ޑޭޓާ ޕެކްއަކީ ދިރާގުގެ 100ޖީބީ ޑޭޓާ ޕެކްގައި ހިމެނޭ އޮފަރއެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މި ޕެކްއާއެކު ކަސްޓަމަރުންނަށް ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމް ނުވަތަ ސީރީޒް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
މި ޑޭޓާ ޕެކްގެ އިތުރުންވެސް ދިރާގުން ވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ތަފާތު މުއްދަތުގެ 100ޖީބީ ޑޭޓާ ޕެކްތަކެއް ލޯންޗުކޮށްފައެވެ. އޭގެތެރޭގައި:
- 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
- 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
- 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
- 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
- 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް
މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ދިރާގުން ވަނީ ލިންކް ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް