އެމްޕީއެލްގެ ގާބިލުކަން އިތުރު ކުރުމަށް ޒަމާނީ އުޅަނދުތަކެއް

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން ކޮންޓެއިނަރު މޫވްކުރުމަށް ހާއްސަ އުޅަނދުތަކެއް ގެނެސްފިއެވެ. އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަނދަރަށް އަލަށް ގެނައި ޓީޓީއައި ޓާމިނަލް ތިން ޓް...

30 Aug 2023 | 04:27

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން ކޮންޓެއިނަރު މޫވްކުރުމަށް ހާއްސަ އުޅަނދުތަކެއް ގެނެސްފިއެވެ.

އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަނދަރަށް އަލަށް ގެނައި ޓީޓީއައި ޓާމިނަލް ތިން ޓްރެކްޓަރު ހިދުމަތަށް ނެރެދެއްވީ އެމްޕީއެލްގެ ސީއީއޯޝާހިދު އަލީއެވެ.

މާލެ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓެއިނަރުތައް އެއްތަނުން އަނެއް ތަނަށް އުފުލައިގެން ގެންދެވޭނެ ޓީޓީއައި ޓާމިނަލް ޓްރެކްޓަރުތަކާއެކު ދެވޭ ހިދުމަތް އިތުރު ވާނެއެވެ.

މި އުޅަނދުތަކުން ހިދުމަތްދޭން އެ ކުންފުނިން ވަނީ މުވައްޒަފުންވެސް ވަނީ ތަމްރީނުކޮށްފައެވެ.

އުޅަނދުތައް ހިދުމަތަށް ނެރެދެއްވުމަށްފަހު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅވީ،  އާ އިކްއިޕްމަންޓްތަކާއެކު ވިޔަފާރި ބަނދަރުގެ މަސައްކަތް ހަލުވިވެ އެތައް ގުނައެއް އަވަސް ވެގެންދާނެ ކަމަށާއި  އެ އުޅަނދުގެ ސަބަބުންހިދުމަތް ދޭން ފަސޭހަ ވެގެންދާނެ ކަމަށެވެ.

ކޮންޓެއިނަރު އެއްތަނުން އަނެއްތަކަށް ގެންދިއުމަށް ބޭނުންކުރާ މި އުޅަނދަކީ ދުނިޔޭގެ ބޮޑެތި ވިޔަފާރި ބަނދަރުތަކުގައި ވެސް ބޭނުންކުރާ އުޅަނދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް