ޗައިނާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 3،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފި

ހޮނިހިރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ޗައިނާގެ މެދު ތެރޭގެ ހުނާން ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި 3،000 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދުން ނެރެފައިވާ ކަމަށް ޗައ...

29 Aug 2023 | 19:55

ހޮނިހިރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ޗައިނާގެ މެދު ތެރޭގެ ހުނާން ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި 3،000 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދުން ނެރެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ އެޖެންސީ ޒިންހުއާއާ ހަވާލާދީ ޗައިނާ ޑެއިލީ އިން ބުނެފި އެވެ.

ޕްރޮވިންސް ފްލަޑް އެންޑް ޑްރަގް ކޮންޓްރޯލް ހެޑްކުއާޓާސް އިން ބުނި ގޮތުގައި ހުޅަނގު އުތުރު ހުނާންގެ ސަރަހައްދަށް ހޮނިހިރު ދުވަހުން ފެށިގެން ދަނީ ވިއްސާރަ ކުރަމުންނެވެ. ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޒަންގްޖިއާޖީ ސިޓީ، ސަންގްޒީ، ޝިމެން އަދި ޔޮންގްޝުން ކައުންޓީތަކުން ވަނީ ފެންބޮޑުވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފަ އެވެ.

ލިޝޫއީ ކޯރުގެ ސަންގްޒީ ސްޓޭޝަނުން 259.21 މީޓަރުގެ ފެން ބޮޑުވެފައިވާ އިރު، މިއީ އެލާޓް ލެވެލްއަށް ވުރެ 2.71 މީޓަރު އުސް އަދި 10.85 މީޓަރުގެ ފާހަގަކޮށްލެވޭ ބޮޑުވުމެކެވެ.

ޒިންހުއާއާ ހަވާލާދީ ޗައިނާ ޑެއިލީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންގްޒީ ކައުންޓީ ސީޓުގެ ތިރި ހިސާބުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކަށް ވަނީ ފެންވަދެފަ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކައުންޓީ އަދި ޓައުންޝިޕް ފެންވަރުގެ ބައެއް މަގުތައް ވަނީ އެކި މިންވަރަށް ވެއްޓިފަ އެވެ. މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ލިޝޫއީ ކޯރު ކައިރީގައި ހުރި ހައިވޭތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް