ފައުޒިއްޔާ ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ރައީސް ސޯލިހް

ފިލްމީ ތަރި ފައުޒިއްޔާ ހަސަން ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއް ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ ކު...

30 Aug 2022 | 17:55

ފިލްމީ ތަރި ފައުޒިއްޔާ ހަސަން ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއް ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސޯލިހް ފާހަގަކުރައްވާފައިވާގޮތުގައި ފައުޒިއްޔާ ހަސަން އަކީ، ގިނަ ޑްރާމާ އަދި ފިލްމުތަކުގައި މަސައްކަތްކޮށް، ދާއިރާއަށް ދިވެހިން ނެރެދީ ކުރިއަށްދާން އެހީވި ހިތްހެޔޮ މުރާލި ފަންނާނެއް ކަމަށެވެ.

"ފައުޒިއްޔާ ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއް، އެ މަރްހޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި، އާމީން" ރައީސް ސޯލިހްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/ibusolih/status/1564668240185688064

ފައުޒިއްޔާ ނިޔާވީ ސްރީ ލަންކާގައި ހުއްޓައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފައުޒިއްޔާ ނިޔާވީ މެއަށް ތަދެއް އެރުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ނިޔާވި އިރު ފައުޒިއްޔާގެ އުމުރަކީ 79 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް