ކުރީ ސަރުކާރުން އުޅެ އުޅެ ނުހެދުނު އަމީނީ މަގު ހެދުމަށް އާރްޑީސީގެ ޕްރޮޖެކްޓް އިފްތިތާހް ކޮށްފި

މަގުގެ ހާލަތާއިހެދި ފުރަމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮންނަ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ. މި ރަސްމިއްޔާތު ރަސްމީކޮށް ފަށާފައިވ...

30 Aug 2022 | 15:18

މަގުގެ ހާލަތާއިހެދި ފުރަމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮންނަ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

މި ރަސްމިއްޔާތު ރަސްމީކޮށް ފަށާފައިވަނީ މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓް ރަސްމީގޮތުން ފައްޓަވައިދެއްވީ މާލޭގެ ކުރީގެ މޭޔަރު މައިޒާން އަލީ މަނިކާއި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ އިތުރުން އާރްޑީސީގެ މެނޭޖިން ޑިރެކްޓރ މޫސާ އަލީ މަނިކެވެ.

ރަސްމީކޮށް މަގު ހަދަން ފެށުމުގެ ރަމްޒެއްގެ ގޮތުން މި ބޭފުޅުންވަނީ މަރުތޭލުން އަމީނީ މަގުގައި ޖައްސަވާފައެވެ.

މިހާރު އަމީނީ މަގުގެ ހާލަތު

  • ފެންބޮޑުވުމުގެ މައްސަލަ
  • ފެން ހިންދާނެ ނިޒާމުތަކުގެ މައްސަލަ
  • އަޑިގުޑަން ގިނަވުމުގެ މައްސަލަ

އަމީނީމަގު ޕްރޮޖެކްޓް

  • ސޮއިކުރި ދުވަސް | 3 ޖުލައި 2022
  • އަގު | 84،414،546.83ރ (84 މިލިޔަން ރުފިޔާ)
  • މަސައްކަތުގެ މުއްދަތު | 210 ދުވަސް (7 މަސް)
  • މަގުގެ ދިގުމިން | 1.7 ކިލޯ މީޓަރު

މަގުހެދުމަށް ކުރެވުނު ސާވޭ

  • މަގުގެ ޓޮޕޯގްރެފިކް ސާވޭ
  • ޖިއޯޓެކްނިކަލް ސާވޭ
  • ހައިޑްރޮލޮޖިކަލް ސާވޭ
  • އީއައިއޭ ސާވޭ
  • މަގު ޑިޒައިން ކުރެވިގެންދާނީ އެންމެ ޒަމާނީ ފެންވަރަށް

އަމީނީ މަގަށް އަންނަ ބަދަލު

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެގޮތަށް ދުވާރުގައި (ބްރައިލް ބްލޮކްސް) ޖެހިގެންދާނެ
  • ވީލްޗެއަރ އެކްސަސް ގާއިމްކުރެވިގެންދާނެ
  • މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދިގެންދާނެ
  • ސައިން ބޯޑުތަކާއި ބަމްޕަރުތައް ލެވިގެންދާނެ
  • ފެހިކުރުމަށްޓަކައި ޓްރީ ޕިޓް ބެހެއްޓިގެންދާނެ
  • ސްޓޭކް ހޯލްޑަރުން ހާއްސަކޮށް ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެ ފަޅީގައި އެޅިގެންދާނެ
  • އެޗްވީ ކޭބަލަށް ހާއްސަކޮށްގެން ޖަންގްޝަންތަކެއް ބެހެއްޓިގެންދާނެ

އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށާފައިވާއިރު ރައީސް ޔާމީންގެ ދައުރުގައިވެސް ދެ ފަހަރެއްގެ މަތިން އަމީނީ މަގު ހެދުމަށް އިއުލާނުކޮށްފައިވެއެވެ. ނަމަވެސް އަމަލީ ސިފައެއް އެކަމަށް އައިސްފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް