ޕޯސްޓުން ގެނައި އެއް މިލިއަން ރުފިޔާގެ ޕާޓީ ޑްރަގްސް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް  ރާއްޖެއަށް އެތެރެ ކުރި ޕާޓީ ޑްރަގްސް އަތުލައިގެންދި އެވެ. މިތަކެތި އަތުލައިގަތީ އިއްޔެ އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ  ޕާރުސަލްގައި ހުރި ތަކެތި ބަލައިފާސްކުރި އިރު މަ...

30 Aug 2022 | 13:49

ޕޯސްޓް މެދުވެރިކޮށް  ރާއްޖެއަށް އެތެރެ ކުރި ޕާޓީ ޑްރަގްސް އަތުލައިގެންދި އެވެ.

މިތަކެތި އަތުލައިގަތީ އިއްޔެ އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ  ޕާރުސަލްގައި ހުރި ތަކެތި ބަލައިފާސްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 526 ގްރާމް ހުއްޓެވެ. ކަސްޓަމްސް އިން ބުނީ މިތަކެތީގެ މަގުމަތީ އަގު 1,000,000.00 (އެއް މިލިއަން) ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގަ ޕާރުސަލާއި ހަވާލުވި ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހާ އާއި މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. މިދިޔަ މާޗް މަހު ފުރަތަމަ އައތުލައިގަތީ 585 ގްރާމްގެ ޕާޓީ ޑްރަގްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް