އެއާޕޯޓުން ހައްޔަރު ކުރި އިންޑިއާ މީހުން އަތުން ގޮވާތަކެތި ފެނުނު ވާހަކަ ދޮގުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރު ކުރި އިންޑިއާ ދެމީހުން އަތުން ހަތިޔާރު ފެނުނު ކަމަށް ބުނާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ. އެ ދެ މީހުން ހައްޔަރު ކު...

30 Aug 2022 | 11:35

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރު ކުރި އިންޑިއާ ދެމީހުން އަތުން ހަތިޔާރު ފެނުނު ކަމަށް ބުނާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ.

އެ ދެ މީހުން ހައްޔަރު ކުރީ މިދިިޔަ އާދިއްތަ ދުވަހު އެވެ. އެމީހުން ހައްޔަރު ކުރީ އެމީހުންގެ ލަގެޖުގައި އޮތް ގަމީހެއްގަިއ ބަޓަން ކެމެރާއެއް ހަރުކޮށްފައި އޮތުން އިތުރަށް ސާފު ކުރަން ޖެހޭ ކަންކަން ހުރުމުންނެވެ.

އެ ދެމީހުންގެ އަތުން ހަތިޔާރު ފެނުނު ކަމަށް ބުނެ މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ. އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.

ފުލުހުން އެމީހުންގެ ލަގެޖު ބަލާ ފާސްކުރީ ވެރިއަކު ނެތް ލަޖެގެއް އެއާޕޯޓު ތެރޭގައި ހުރުމުން ވެރިފަރާތް ހޯދުމުގެ ގޮތުންނެވެ. އޭގައޮތް ގަމީހަކުން ކެމެރާ ފެނުމުން ފުލުހުން ލަގެޖުގެ ވެރި ފަރާތް ހޯދުމަށް ފަހު އެމީހުން ހައްޔަރު ކުރީ އެވެ.

މި މައްސަލައިގަ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ10 ދުވަސް ޖަހާފަ އެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް