އަލަމްގީރު މައްސަލައިގަ ފުލުހުން، ރާއްޕެ ހޯދަން އިއުލާނުކޮށްފި

އެމްޑީޕީގެ އިސް ހަރަކާތްތެރި އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ކުރީގެ ވެރިއެއް ކަމަށްވާ އިބްރާހިމް ރާފިއު (ރާއްޕެ) ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އުމ...

30 Aug 2022 | 10:59

އެމްޑީޕީގެ އިސް ހަރަކާތްތެރި އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ކުރީގެ ވެރިއެއް ކަމަށްވާ އިބްރާހިމް ރާފިއު (ރާއްޕެ) ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އުމުރުން 54 އަހަރުގެ ރާއްޕެ ހޯދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. ފުލުހުން ބުނީ ރާއްޕެ އުޅޭ ތަނެއް ނޭނގޭތީ ޗިޓު ހަވާލު ނުކުރެވޭ ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ސެޕްޓެމްބަރު މަހުގެ11 ވަނަ ދުވަހު މެންދުރު2:00 އަށެވެ.

ފުލުހުން ބުނީ އޭނާ އާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

ފުލުހން އޭނާ ހޯދަނީ އަމަލްގީތއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައިގެ ތަހުގީގަށެވެ. ރާއްޕެ ވަނީ މައްސަލަ ބަލަން ފެށުމާއި ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އޭނާ އެނބުރި ރާއްޖެ އައިކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް