ޕާކިސްތާނުގައި 67 ދިވެހިން އެބަތިބި، އެންމެންގެ ހާލު ރަނގަޅު

ޕާކިސްތާނުގައި މިވަގުތު ތިބި ހުރިހާ ދިވެހިންގެ ހާޅު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝަފާތު އަހުމަދު ޒާހިރު ވިދާޅުވީ އެ ގައުމުގައި67 ދިވެހި...

30 Aug 2022 | 10:44

ޕާކިސްތާނުގައި މިވަގުތު ތިބި ހުރިހާ ދިވެހިންގެ ހާޅު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝަފާތު އަހުމަދު ޒާހިރު ވިދާޅުވީ އެ ގައުމުގައި67 ދިވެހިން އެބި ކަމަށެވެ. އެ މީހުން ތިބީ ޕާކިސްތާނުގެ ކަރާޗީ އާއި ލާހޯރުގައި އެވެ.

އޭނާ ވިދާޅުވީ ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި ވިއްސާރައިގަ އެ ގައުމުގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ މިހާތަނަށް1،100 އަށްވުރެ ގިނަ މީހުން މަރުވެ،33 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައިވެ އެވެ.

ހަތަރު ލައްކައަށްވުރެ ގިނަ ގެ ބިމާއި ހަމަވެފައިވާއިރު ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރު މިލިއަނަކަށްވުރެ ގިނަ ވަގުތީ ޓޭންޓު ޖެހުމުގެ މަސައްކަތް ޕާކިސްތާނު ސަރުކާރުން ވަނީ ފަށާފައި އެވެ.

މިއީ މިދިޔަ10 ވަރަކަށް އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރި އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް