ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް ގެ މައްޗަށް، އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެއްޖެއެވެ.
އަލަމްގީރްގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާއިރު އެ ނިންމުން ނިންމި ޝަރީއަތުގެ އަޑުއެހުން ކުރިއަށްގެންދިޔައީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އެ ކުށަށް އަލަމްގީރު ވަނީ އިއުތިރާފ ވެފައެވެ.
ކުށަށް ކޯޓުގައިވެސް އަލަމްގީރް އިއުތިރާފުވެފައިވާއިރު އިއްޔެގެ އަޑުއެހުމުގައި ދެން ކުރިއަށް ގެންދިޔައީ އަދަބާއި ގުޅޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމުގެ ބައެވެ. އެ ބައިގާ އަލަމްގީރް އެދިފައިވަނީ ވީހާވެސް ކުޑަ އަދަބެއް އޭނާއަށް ދިނުމަށެވެ.
މި މައްސަލައިގާ އަލަމްގީރްގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން މާދަމައަށް ވަނީ ތާވަލުކޮށްފައެވެ.
އަލަމްގީރް ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާއިރު ބައެއް މީހުންނާއެކު އެ އަމަލު ހިންގި މަންޒަރު ވީޑިއޯ ރެކޯޑުވެސްކޮށްފައިވެއެވެ.
އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ސީނިއާ ފުލުހެއް ކަމަށްވާ ސާޖަންޓް އަބްދުއްރަހްމާން ރަފީއުވެސް ހައްޔަރުކުރިއެވެ.
އެމީހުންގެ މައްޗަށްވެސް މި މައްސަލައިގާ ދައުވާ އުފުލާފައިވާއިރު އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 50 އަށްވުރެ މަތިވާނެކަމަށް އަލަމްގީރް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް