އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ޝުބްމަން ގިލް އާއި ބޮލީވުޑްގެ ބަތަލާ ސާރާ ހަލީ ހާން ޑޭޓަކަށް ދިއުމުން ވަރަށް ވާހަކަ ދެކެވެން ފަށައިފި އެވެ.
އެ ދެމީހުން ކެއުމަކަށް ދިޔަން ހާމަވީ ޓިކްޓޮކްގައި މީހަކު އާންމު ކުރި ވީޑިއޯއަކުންނެވެ. އޭގެން ފެންނަނީ ރެސްޓޯރެންޓެއްގައި ކެއުމަކަށް އިންސާފު ކުރަން ތިއްބަ އެވެ، އެއާ އެކު ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ކުއްލިއަކަށް ވަނީ ފެށިފަ އެވެ.
މި ދެތަރިންގެ ދެމެދުގައި އޮންނަ ގުޅުން ނޭނގި ކުއްލިއަކަށް ކެއުމަކަށް ދިއުން ވީ ދެމީހުންގެ ފޭނުންނަށް ޝޮކެއް ޖެހުނު ކަމަކަށެވެ. މިކަމާއި ހިޔާލު ފާޅު ކުރި މީހުން ބުނީ ޝުބްމަން ސާރާ އާއި ވަރަށް ގަޔާވާ ވައްތަރު ޖަހާ ކަމަށެވެ.
އެހެން މީހަކު ބުނީ ޝުބްމަން ގުޅުން އޮންނަ ކަމަށް އަބަދުވެސް އަޑުފެތުރެނީ މަޝްހޫރު ކްރިކެޓް ކުޅުންތެރިންގެ ދަރިންނާއި ކަމަށެވެ. އަދި އަޑު އަރަނީވެސް ސާަރާ ކިޔާ އަންހެނުންނާއި ކަމަށެވެ.
ސާރާ އަކީ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަންސޫރު އަލީ ހާން ޕަތައުޑީގެ ކާފަ ދަރިއެކެވެ. ސާރާގެ ބައްޕަ އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލް ސައިފް އަލީ ހާން އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސުބްމަން އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ތަންޑޯލްކަރްގެ އަންހެން ދަރިފުޅު ސާރާ ތަންޑޯލްކަރާއި އެވެ. އެ ދެމީހުން ރުޅިވި ކަމެއްވެސް އަދި ނޭނގެ އެވެ.
ސާރާގެ ލޯބީގެ ވާހަކަތަކަށް ބަލާއިރު އޭނާ އެންމެ ގަޔާވާ މީހަކީ ކާތިކް އާރްޔަން ކަމަށް ވަރަށް ކުރިން ބުނެފައިވެ އެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ކާތިކާއި އެކު ލީޑްރޯލް ކުޅުނު ފިލްމު "ލަވް އާޖް ކަލް" އަށް ފަހު ދެމީހުންގެ ދެމެދުގައި ގުޅުމެއް އޮތް ކަމަށްވެ އެވެ.
ފަހުން ދެ ތަރިން މައްސަލަ ޖެހި މިހާރު ދެމީހުން އާންމުންގެ ތެރޭގައިވެސް ވާހަކަ ނުދައްކާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް