"ލާލް ސިންގ ޗައްދާ" ފްލޮޕްވުމުގެ ޒިންމާ ޕްރޮޑިއުސަރުން އެޅުވީ އާމިރު ބޮލުގައި!

ބޮލީވުޑްގައި މި މަހު ރިލީޒް ކުރި ފިލްމު "ލާލް ސިންގ ޗައްދާ" ފްލޮޕްވުމުގެ ޒިންމާ ނަގަން ޖެހޭނީ އާމިރު ހާން ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރުން ބުނެފި އެވެ. އާމިރާއި އެކު އެ ފިލްމުގައި ލީޑްރޯލުން ފެނިގެން...

30 Aug 2022 | 04:45

ބޮލީވުޑްގައި މި މަހު ރިލީޒް ކުރި ފިލްމު "ލާލް ސިންގ ޗައްދާ" ފްލޮޕްވުމުގެ ޒިންމާ ނަގަން ޖެހޭނީ އާމިރު ހާން ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރުން ބުނެފި އެވެ.

އާމިރާއި އެކު އެ ފިލްމުގައި ލީޑްރޯލުން ފެނިގެން ދިޔައީ ކަރީނާ ކަޕޫރެވެ. ފިލްމު ބަލާނެ މީހަކު ނުވެގެން ސިނަމާތަކުން ފިލްމު ނެގި ނަމަވެސް އެ ފިލްމަކީ ރީތި ފިލްމެއް ކަމަށް ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.

އެހެންވެ މި ފިލްމު މީހުން ނުބެލީ ފިލްމު ހަޑިވުމުން ނޫންކަން އެނގޭއިރު ސަބަބު ގުޅިފައިވަނީ ކަރީނާއަށްވުރެ ބޮޑަށް އާމިރާއި ކަން ވަނީ އެނގިގެން ގޮސްފަ އެވެ. އޭގެ އެއް ހެއްކަކީ މި ފިލްމުގެ ޕްރޮމޯޝަން ފެށި ހިސާބުން އާމިރުގެ ފިލްމު ބޯއިކޮޓް ކުރުމަށް ގޮވާ އަޑު ގަދަވި އެވެ.

"ލާލް ސިންގ ޗައްދާ" އަކީ އިނގިރޭސި ފިލްމެއް ކަމަށްވާ "ފޮރެސްޓު ގަމްޕް" ގެ ރިމޭކެ ކެވެ. އެ ފިލްމުގެ ހިންދީ ރިމޭކް ހެދުމުގެ ހުއްދަ ދިނީ އާމިރުހާން ޕްރޮޑަކްޝަން އާއި ވިއަކޮމް 18 އަށެވެ.

ފިލްމު ފްލޮޕްވުމުން ޕްރޮޑިއުސަރުން ބުނީ ފިލްމުގެ މަސައްކަތް ނިންމައި ޕްރޮމޯޝަނާއި ހިސާބުން ހުރިހާ ކޮންޓްރޯލެއް އާމިރުގެ ޕްރޮޑަކްޝަނުން ނެގި ކަމަށެވެ. އާމިރު ފިލްމު ޕްރޮމޯޓު ކުރަން "ކޮފީ ވިތް ކަރަން 7" އަދި "ކޯން ބަނޭގާ ކަރޯޑް ޕަތީ" އަށް ދިޔައީ ވިއަކޮމް 18 އަށް ނޭނގި ކަމަށާއި އެ ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވިކަން އެނގުނީ ސެޓަށް ދިޔަ ފަހުން ފަހު ސިކުންތުކޮޅުގައި ކަމަށެވެ.

މި މައްސަލައިގަ އެމީހުން ވަނީ ފިލްމުގެ ނާކާމިޔާބަކީ އާމިރުހާން ހުރިހާ ކްރެޑިޓެއް ނަގަން އުޅުމުން ލިބުނު ލަނޑެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިހާރު ވިއަކޮމް 18 ގެ ޕްރޮޑިއުސަރުން ދަނީ ފިލްމަށް ހަރަދު ކުރި 180 ކްރޯޑު ރުޕީސް އަނބުރާ ހޯދޭނެ ގޮތެއް ބަލަމުންނެވެ.

ފިލްމުގެ ނާކާމިޔާބާއި އެކު އާމިރު ވަނީ ކުއްލިއަކަށް ގެއްލިފަ އެވެ.

އޭނާގެ އެއްވެސް ހަބަރެއް ނުވާއިރު ގާތް މީހުން ބުނީ އާމިރާއި ކުރީގެ އަންހެނުން ކިރަން ރާއޯ އަދި ދެމީހުންގެ ދަރިފުޅު ދަނީ އެމެރިކާއަށް ޗުއްޓީއަށް ދާން ތައްޔާރުވަމުން ކަމަށެވެ. އެއީ މީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތްވާ އާމިރު ދާ ޗުއްޓީއެއް ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް