ސިފައިންގޭ ވަޒީފާއަށް ހުޅުވާލައިފި

ސިފައިންގެއަށް ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލާފައިވާއިރު އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަން އެދިފައިވެއެވެ. ފ...

30 Aug 2022 | 03:51

ސިފައިންގެއަށް ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލާފައިވާއިރު އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަން އެދިފައިވެއެވެ.

ފޯމު ހށަހަޅަންޖެހެނީ އެ ދުވަހުގެ މެންދުރު ދޭއްގެ ކުރިއަށް ޑިފެންސް މިނިސްޓްރީއަށެވެ. އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅިދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • ޢުމުރު 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޢުމުރުފުރާ ބަލާނީ 2022 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ބުނެފައިވެއެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓުވެސް ހުށަހަޅަން ބުނެފައިވެއެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި އެމްއެންޑީއެފްގެ ވެބްސައިޓުގެ ޑައުންލޯޑް ސެކްޝަނުން ލިބިލައްވާނެކަމުގައިވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް