މަނިކާއި ޝީލާވެސް އެމްއެންޕީއަށް

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މުހައްމަދު މަނިކާއި އަންހެނުން އަދި ފިލްމީ ތަރި ޝީލާ ނަޖީބު މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އަށް ސޮއިކޮށްފި އެވެ. އެ ދެމީހުން ސޮއި ކުރުމަސް ފަހު ފޯމް ހަވާ...

30 Aug 2021 | 16:19

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މުހައްމަދު މަނިކާއި އަންހެނުން އަދި ފިލްމީ ތަރި ޝީލާ ނަޖީބު މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އަށް ސޮއިކޮށްފި އެވެ.

އެ ދެމީހުން ސޮއި ކުރުމަސް ފަހު ފޯމް ހަވާޅުކޮށްފައިވަނީ ޕާޓީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެވެ. އެކަން އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ.

މަނިކު ސޮއި ކުރުމުން އެމްއެންޕީއިން ބުނީ މަނިކާއި ޝީލާ އެ ޕާޓީ އާއި ގުޅުމުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ހުނަރުވެރި އަދި ފިލްމީ ދާއިރާގައި ދެ ތަޖުރިބާކާރުން އެ ޕާޓީ އާއި ގުޅުމަކީ އެމްއެންޕީއަށް ލިބުނު ފަހުރެއް ކަމަށް ބުނެފައިވެ އެވެ.

https://twitter.com/MNP_Secretariat/status/1432367490785366021

މި ދެ މީހުންގެ އިތުރުން މިއަދު އެ ޕާޓީ އާއި އަލަށް ގިނަ އަދަދެއްގެ މެމްބަރުން ގުޅިފައިވެ އެވެ. އޭގެ ތެރޭގައި ބައެއް ރަށްރަށުން ޕާޓީއަށް ސޮއިކޮށް ގިނަ އަދަދެއްގެ ފޯމު ފޮނުވާފައިވާއިރު ފާހަގަކޮށްލެވޭ ޒުވާނުންނާއި ސިޔާސީ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަރާތްތައްވެސް ސޮއި ކޮށްފައިވެ އެވެ.

މީގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންވެސް ވަނީ އެކަމަނާ އެމްއެންޕީއަށް ސޮއި ކުރައްވަން ނިންމާފައިވާކަން ހާމަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް