ހުޅުމާލޭ ފްލެޓެއްގައި ރޯވުން، ނިވާލެވުނު އިރު އިތުރު ތިން ފްލެޓަށް އަލިފާން ފެތުރުނު

ހުޅުމާލޭ147 ވަނަ ނަމްބަރު ފްލެޓު ދެ ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ކޮށްފައިވަނީ މިރޭ7:17 ގައި އެވ...

30 Aug 2021 | 15:28

ހުޅުމާލޭ147 ވަނަ ނަމްބަރު ފްލެޓު ދެ ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ކޮށްފައިވަނީ މިރޭ7:17 ގައި އެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ7:44 ގައި އެެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މިހާދިސާގައި އަލިފާން ރޯވި އެޕާޓްމެންޓުގެ އިތުރުން އިންވެގެން ހުރި އެޕާޓްމެންޓާއި ތިން ވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓުގައިވެސް ރޯވި ކަމަށެވެ.

މި ހާދިސާގައި އެ ހަަތަރު އެޕާޓްމެންޓަށް އެކި ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް