ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި ގުޅިވަޑައިގެންނަވަން ނިންމައިފި އެވެ.
އެކަން އޭނާ ހާމަ ކުރެއްވީ ޓުވިޓާ މެދުވެރިކުރައްވަ އެވެ.
ދުންޔާގެ ޓުވީޓުގައި ވިދާޅުވީ އެމްއެންޕީއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ދުންޔާ ވިދާޅުވީ ހުޅުވިފައިވާ ފުރުސަތުތަކެއް އެ ޕާޓީ ތެރޭގައި އެބަ އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ކުރަން ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން އެކަމަނާ ބޭނުންވަނީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ހުރުމަށާއި ހާއްސަކޮށް ހަމަހަމަ ފޮރިން ޕޮލިސީއެއްގެ ގޮތުގައި ރާއްޖެ އޮތުން ކަމަށެވެ.
https://twitter.com/dunyamaumoon/status/1432324780477149189
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް