ފުލުހުންގެ ހަށިހެޔޮކަމުގެ އިމްތިހާނުގެ ‘ޗީފް އެސެސަރު’ ގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ފުލުހުންގެ ހަށިހެޔޮކަމުގެ އިމްތިހާނު ކުރިއަށް ގެންގޮސްފި އެވެ.
މިއީ ފުލުހުންގެ ތާރީޚުގައި، މިފަދަ ހަށިހެޔޮކަމުގެ އިމްތިހާނެއް އަންހެން ފުލުހަކު އިސްވެހުރެ ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. އިމްތިހާނުގެ ޗީފް އެސެސަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދަނީ ސީނިއަރ ސަރޖަންޓް ޚަދީޖާ މުޙައްމަދު ދީދީ އެވެ.
ފުުލުހުންގެ ހަށިހެޔޮކަމުގެ އިމްތިހާނަކީ ފުލުހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ފުލުހުންގެ ގާނޫނީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ހެދުމެވެ. އަދި ފުލުހުންނަކީ ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ ބަޔަކަށްވުމާއެކު އެފަދަ ކޮންމެ ހާލަތެއްގައިވެސް ހިތްވަރާއި ހުށިޔާރުކަމާއެކު ކެރިގެން އަދި ނަތީޖާ ނެރުމުގެ އަޒުމާއެކު ކަންކަމަށް ކުރިމަތިލާ ބަޔަކަށް ހެދުމަށް ކުރިއަށްގެންދާ އިމްތިހާނެކެވެ.
ފުލުހުންގެ ހަށިހެޔޮކަން ބެލުމުގެ އިމްތިހާނުގައި ހިމެނެނީ ޕުޝްއަޕްސް، ސިޓްއަޕްސް އަދި 1.5 މޭލު ދުވުމެވެ. މިއިން ކޮންމެ ކޮމްޕޮނެންޓެއްގައި އުމުރުފުރައާ ގުޅޭގޮތުން ފާސްވުމަށްޓަކައި ވަކިމިންވަރެއް ކަނޑައެޅިފައި ވެއެވެ.
މި އަހަރުގެ ފުލުހުންގެ ހަށިހެޔޮކަމުގެ އިމްތިހާނު މި ހިނގާ އޮގަސްޓު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް