އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އިރުވައި އާސިފް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުގެ މަޤާމަށް މުޙައްމަދު އާސިފް (އިރުވައި އާސިފް) ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި އެވެ. 50 މެމްބަރުންގެ ވޯޓުން މަޖިލީހުގެ ރު...

30 Aug 2021 | 08:38

އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުގެ މަޤާމަށް މުޙައްމަދު އާސިފް (އިރުވައި އާސިފް) ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި އެވެ.

50 މެމްބަރުންގެ ވޯޓުން މަޖިލީހުގެ ރުހުން އޭނާއަށް ލިބުނު އިރު، އާސިފްގެ ނަން ތަޅުމަށް ފޮނުވަން ކޮމިޓީން ފަސްވެފައިވަނީ 10 މެމްބަރުންގެ ވޯޓުން ނެވެ.

އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމުން ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 5 ނަމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

އާސިފަކީ އިލެކްޝަން ކޮމިޝަންގައި މީގެކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް